ދިރާސީ އަހަރު ފެށުން ބަދަލުކުރާތީ މިނިސްޓަރާ ސުވާލުކުރަނީ

img_md_202311231241271700725287.0703

ދިރާސީ އަހަރު ފެށުން 2025 ވަނަ އަހަރު އަނެއްކާ ވެސް ޖެނުއަރީ މަހަށް ބަދަލުކުރާތީ، އެކަމާ ގުޅޭގޮތުން ސުވާލު ކުރުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވައިފިއެވެ.

މެމްބަރު ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިރާސީ އާ އަހަރު ފެށުން، 2025 ވަނަ އަހަރު އަނެއްކާ ވެސް ޖެނުއަރީ މަހަށް ބަދަލުކުރާއިރު ކުދިންގެ ކިޔެވުމަށް ވާނެގޮތަކާމެދު ބެލެނިވެރިންގެ ކަންބޮޑުވުން އޮތުމާއެކު މިކަން ކުރަންއުޅޭގޮތެއް ދެނެގަތުމަށް މިނިސްޓަރަށް ވާނީ ސުވާލު ހުށަހަޅުއްވާފައި ކަމަށެވެ.

2025 ވަނަ އަހަރުން ފެށިގެން ދިރާސީ އައު އަހަރު ފެށުން ޖެނުއަރީ މަހަށް ބަދަލުކުރައްވާނެ ކަމަށް، މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ބައްދަލު ކުރައްވައި، މިނިސްޓަރު ވިދާޅެވަފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ކިޔަވާ ކުދިންގެ ކިޔެވުމަށް އަސަރުކޮށް، އެ ކުދިންގެ އުމުރުން ބައެއް އަނެއްކާވެސް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމާއެކު، މިހާރު ހިނގަމުންދާ ދިރާސީ އަހަރު، 2024 ވަނަ އަހަރުގެ ޖޫން މަހުގައި ނިމޭއިރު، އެ ތާރީހާއި، އަލަށް ފެށުމަށް ހަމަޖެހިފައިވާ ދިރާސީ އަހަރާ ދެމެދު ހޭދަވާ މުއްދަތުގައި ދަރިވަރުންގެ ކިޔެވުމާ ގުޅިގެން މިނިސްޓްރީން ވިސްނާފައިވާ ގޮތަކީ ކޮބައިކަން އޮޅުން ފިލުވައިދެއްވުމަށް ރޮޒައިނާ ކުރެއްވި ސުވާލުގައި ވަނީ އެދިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *