އެފްއޭއެމްގެ ޖީއެސްކަމުން ޖަވާ އިސްތިއުފާދެއްވައިފި

999703ab-feac-4967-bc56-7aeab53975e9

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ (ޖީއެސް) ގެ މަގާމުން ހުސެއިން ޖަވާޒް (ޖަވާ) އިސްތިއުފާދެއްވައިފިއެވެ.

އެފްއޭއެމްގެ މީޑިއާ ގްރޫޕަށް ޖަވާ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އެފްއޭއެމްގެ ޖީއެސްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި، އެ ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ.

އެފްއޭއެމްގެ ޖީއެސްގެ މަގާމުން ޖަވާ އިސްތިއުފާ ދެއްވާފައި މިވަނީ އެފްއޭއެމް އާއި އޭނާގެ މައްޗަށް ކަރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން އެފްއޭއެމްއާ ގުޅޭ ހިޔާނާތުގެ މައްސަލަތަކެއްވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެފްއޭއެމްގެ އެކި މަގާމުތަކުގައި ޖަވާ ވަނީ 24 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *