ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
މިއަދު އިލެކްޝަންސް ކޮމިޝަނުން ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓް އުފެއްދުމުގެ ހުއްދަ ދެއްވާފައި ވަނީ ޔާމީންގެ ދަރިކަލުން ޒޭން އަބްދުالله ޔާމީން އަށެވެ. އަދި ޕާޓީއަށް 3،000 މެމްބަރުން ހަމަކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް އިލެކްޝަންސް އިން ވަނީ ދީފައެވެ.
ޔާމީން އިސްވެ ހުންނަވައިގެން އައު ޕާޓީއެއް އުފައްދަވާފައި މިވަނީ ޕީޕީއެމްގެ ކޮންޓްރޯލް އޭނާއަށް ގެއްލި، ޕާޓީން ވަކިވުމަށްފަހުއެވެ. މިގޮތުން އަލަށް އުފެއްދެވި ޕާޓީއާ ޔާމީންގެ ސަޕޯޓަރުން ގުޅިވަޑައިގަތުމަށް އޭނާ އެދިލައްވައެވެ.
Post Views: 62