އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދީއްތައަށް އެޖެންޑާކޮށްފި

ސވ

ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދީއްތަ ދުވަހަށް އެޖެންޑާކޮށްފިއެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައި ވަނީ 50 މެމްބަރުންގެ ސޮޔާއެކުގައި ކަމަށްވާއިރު، މައްސަލައިގެ ނޯޓިސް ފޮނުވާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމާފައެވެ. އަދި މަޖިލީހުގައި ޖަވާބުދާރީވާން އީވާ ނިންމަވާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހަަޅާފައިވަނީ މަޖިލީހުގެ ގަވައިދާ ހިލާފުވެފައިވާ ކަމަށް ބުނެއެވެ. މިގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިޔުމަށް އީވާ ހުރަސްއެޅި ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *