ޕީސީބީއަށް އައްޔަނުކުރިތާ ހަފްތާއެއް ނުވަނީސް މުގުނީ ވަކިކޮށްފި

287891_3_8ba75b2b62318e8ae4d0451c3b8906a23757ee05_medium

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ މެމްބަރު ކަމަށް އައްޔަނުކުރިތާ ހަފްތާއެއް ނުވަނީސް ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ މަގާމުން ވަކިކޮށްފިއެވެ.

ޕީސީބީގެ ބޯޑަށް މިދިޔަ ބުރާސްފަތި ދުވަހު މުގުނީ އައްޔަނުކުރައްވާފައިވާއިރު، އިއްޔެ ބޯޑު އަލުން އެކުލަވާލައި ތަފްސީލު އިއްޔެ އާންމުކުރި އިރު މުގުނީގެ ނަމެއް ނެތެވެ. ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުގައި މުގުނީ ޕީސީބީއަށް އައްޔަނުކުރި ހަބަރު އަދިވެސް ފެންނަން އެބަ އޮތެވެ.

ޕީސީބީގައި ތިބޭ މެމްބަރުންގެ ޖުމްލައަކީ ރައީސް އާއި ނައިބު ރައީސް އާއި ފަސް ދާއިރާއަށް ނިސްބަތްވާ ފަސް މެމްބަރުން ހިމެނޭހެން ހަތެކެވެ.

Leave a Reply

Your email address will not be published. Required fields are marked *