ރައީސް ސޯލިހުއަށް ފުވައްމުލަކުން ހޫނު މަރުހަބާއެއް

×

ރައީސް ސޯލިހު ފުވައްމުލަކަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް ސޯލިހު ފުވައްމުލަކަށް ކުރައްވާ މި ދަތުރުފުޅުގައި ފުވައްމުލަކު ސިޓީގެ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ފުވައްމުލަކުގައި ޑޯޓުޑޯ ހަރަކާތްވެސް އެމަނިކުފާނު ކުރިޔަށް ގެންދަވާނެއެވެ.

ރައީސް ސޯލިހު އަންނަނީ މި މަހު 28 ގައި އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭނު ކުރެއްވުމުގެ ގޮތުން ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އެންމެ ދެކުނަށް ދަތުރުކުރައްވާފައެވެ. އެގޮތުން ގިނަ ރަށްތަކަށް ވަޑައިގެން ކެމްޕޭން ގިނަ ހަރަކާތްތައް އެމަނިކުފާނު އަންނަނީ ކުރިޔަށް ގެންދަވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *