ނައިމާ މަރާލި މައްސަލައިގައި 3 މީހަކަށް ދައުވާކޮށްފި

file_macwri-q4r3yvtph9jkunla5ul73x4k7e0he69vgl5eey7tbk

ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާ މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

މިއަދު ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ނައީމާގެ މަރުގެ މައްސަލައިގައި ތިން މީހުންގެ މައްޗަށް ތިން ދައުވާއެއް ކުރާ ކަމަށާއި، އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގަ މީހުން މެރުމާއި، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ ކަމަށެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ދައުވާކުރާ ތިން މީހުން:

  1. ފިނިފެންމާގެ، ނ. މަނަދޫ، އަބްދުލްވާހިދު ރިފާސް
  2. ފެހިވިލާގެ، ނ. މަނަދޫ، އަހުޒަމް އަބްދުލްޝަކޫރު
  3. ވިނަރެސް، ނ. މަނަދޫ، ހުސައިން ފަވާޒު

މިދިޔަ އެޕްރިލް މަހުގެ 7 ވަނަ ދުވަހު އުމުރުން 62 އަހަރުގެ ނައީމާ މަރާލާފައި އޮއްވާ ފެނުނީ އޭނާ މަނަދޫގައި ދިރިއުޅެމުންދިޔަ ގެއިންނެވެ. އަދި މައްސަލައިގައި ދައުވާކުރި ތިން މީހުން ހައްޔަރުކުރީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.

Leave a Reply

Your email address will not be published. Required fields are marked *