މޭޔަރުކަމުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އާޒިމް ފޯމް ހުށަހަޅުއްވައިފި

Screenshot 2023-11-30 175313

މާލެ ސިޓީ މޭޔަރުކަމުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ފޯމް ހުށަހަޅުއްވައިފިއެވެ.

މިއަދު ހަވީރު އެމްޑީޕީ އޮފީހަށް ވަޑައިގެން ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވާފައިވާއިރު، ފޯމާ ހަވާލުވެވަޑައިގެންނެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއެވެ.

ފޯމް ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ، މާލެއަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި، އެގޮތުން މޭޔަރު ކަމަށް ކުރިމަތިލީ މާލެއަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ބޭނުންވާތީ ކަމަށެވެ.

މާލެ ސިޓީ މޭޔަރުކަމުގެ އެމްޑީޕީ ޕްރައިމަރީއަށް އާޒިމް ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާއިރު، މޭޔަރުކަމުގެ ޕްރައިމަރީއަށް ފޯމް ހުށަހެޅުމުގެ ސުންގަޑި މާދަމާ ހަވީރު 4:00 ޖަހާއިރަށް ހަމަވާނެއެވެ.

މާލޭ މޭޔަރުކަމުގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ އެ މަގާމުގައި ހުންނެވި ރައީސް ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވުމަށް އިސްތިއުފާ ދެއްވުމުންނެވެ. މޭޔަރުކަމުގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *