ލަސްތަކެއް ނުވެ ތިނަދޫ ސިޓީއަކަށް ބަދަލުކުރެވޭނެ: ރައީސް

sssx

ލަސްތަކެއް ނުވެ ގދ.ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެވިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގދ.ތިނަދޫގައި އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވާ ވާޙަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ތިނަދޫ ސިޓީއަކަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިޔަށް ގެންދަމުން އަންނަ ކަމަށާއި، ތިނަދޫއަށް ދެން ވަޑައިގަންނަވާނީ އެ ރަށް ސިޓީއަކަށް ބަދަލުކުރުމުގެ ރަސްމިއްޔާތަށް ކަމަށެވެ.

މީގެއިތުރުން ތިނަދޫ ސިޓީއަކަށް ބަދަލު ކުރުމަށް ބޭނުންވާ ތަފްސީލްތައް ކައުންސިލުން ހޯދުމަށް މިހާރު އެދިފައި ވާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ތިނަދޫއަށް ބޯހިޔާވެހިކަން މުހިންމުކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ،  ތިނަދޫގައި ފުރަތަމަ އިއުލާންކުރި 100 ހައުސިން ޔުނިޓު 200 ޔުނިޓަށް ބަދަލުކުރިނަމަވެސް، އެއަދަދު އެއަށްވުރެވެސް އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން މަސައްކަތްކުރަމުން އަންނަކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، މިހާރު ކުރިޔަށް ގެންދާ މަޝްރޫއުތައް ނުހުއްޓި ކުރިޔަށް ގެންދެވޭނީ އެމަނިކުފާނަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކޮށްދީގެން ކަމަށެވެ.

އެމްޑީޕީގެ ރިޔަސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *