މަޖިލީހުގެ ނައިބްރައީސްކަމުން އީވާ އިސްތިއުފާ ދެއްވައިފި

rEJlxyLUnIgLPIJXS7vzrrk2jsCEXXE8QcDoqhBN

ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މަޖިލީހުގައި މިއަދު ކުރިޔަށްދިޔަ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވަމުން އީވާ ވަނީ ނަައިބްރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އީވާގެ އިސްތިއުފާގެ ސިޓީ މަޖިލީހަށް ލިބުމާއެކު ރިޔާސަތުގައި ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެ މައްސަލަ ކުރިޔަށް ނުގެންދަން ނިންމާފައެވެ.

މަޖިލީހުގެ ނައިބްރައީސްކަމުން އީވާ ވަކިކުރަން އެމްޑީޕީން ހުށަހެޅީ 50 މެމްބަރުންގެ ސޮޔާއެކުގައެވެ. ނައިބްރައީސްކަމުން އީވާ ވަކިކުރަން ބޭނުންވާނީ 44 ވޯޓެވެ.

Leave a Reply

Your email address will not be published. Required fields are marked *