ނައިބްރައީސް ކަމަށް އެމްޑީޕީން ހުށަހަޅާނީ ސައްލެ!

OM0w9SxdCYXINMitn3cJwNUWkyqxKtgfMD5EsHH9

ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސްގެ މަގާމަށް އެމްޑީޕީގެ ފަރާތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ގެ ނަން ހުށަހެޅުމަށް ފާސްކޮށްފިއެވެ.

މިއަދު އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) ގައި ނެގުނު ވޯޓުގައި ސަލީމްއަށް ލިބިވަޑައިގެންނެވީ ވަނީ 26 ވޯޓެވެ. އަދި ސަލީމްއާ ވާދަކުރެއްވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއަށް 23 ވޯޓު ލިބިވަޑައިގެންނެވިއިރު، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ލިބިވަޑައިގެންނެވީ ހަތަރު ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސަކު ހޮވުމަށް ނިންމާފައިވަނީ އެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނައިބްރައީސް އިންތިހާބު ކުރުމަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއް މިރޭ 20:30 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *