އައްޑޫގައި އަނެއްކާވެސް މާރާމާރީއެއް ހިންގައި ޒުވާނަކު ޒަހަމްކޮށްލައިފި

big_GkXKitxhCOTk14IhX7mA9TTiN

އައްޑޫ ސިޓީ ހިތަދޫގައި ދެ ގްރޫޕެއް މެދުގައި ހިންގާފައިވާ މާރާމާރީއެއްގައި ޒުވާނަކު ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ، އައްޑޫ ހިތަދޫގައި ގްރޫޕް މާރާމާރީއެއް ހިންގާފައިވާކަމުގެ މައުލޫމާތު މިއަދު 15:30 ގައި ލިބިފައިވާ ކަމަށާއި، މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ 20 އަހަރުގެ ދިވެހި ފިރިހެނަކު ޒަހަމް ކޮށްލާފައިވާ ކަމަށެވެ. އަދި އޭނާއަށް އައްޑޫ އިކިއުޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

މިއީ އައްޑޫ ހިތަދޫގައި ސިލްސިލާކޮށް ހިންގި ދެވަނަ ގްރޫޕް މާރާމާރީ ކަމަށްވާއިރު، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *