ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ރައީސަށް އަދިވެސް ސާފެއް ނޫން!

331939_1ca91d5b-e_

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އަދިވެސް ސާފު ނުވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތުރުކީ އަދި ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ޖެހޭނީ ބަލާލަން ކަމަށާއި، ތަފްސީލް ފަހުން ހާމަކުރައްވާނެ ކަމަށެވެ.

މީގެއިތުރުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ގަދަބާރުންކަމާ ގުޅޭގޮތުން ސާފު ޖަވާބެއް ދެއްވަން ރައީސް ޑރ.މުއިއްޒު ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި މި ސަރުކާރުން ހާމަކުރެއްވި އިންޑިއާ ސިފައިންގެ އަދަދު މަދުވީ ކީއްވެތޯ ސުވާލުކުރެއްވުމުން އެ ސުވާލަށްވެސް ރައީސް ޑރ.މުއިއްޒު ޖަވާބު ދެއްވާފައެއް ނުވެއެވެ.

ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން ހާމަކުރާ ގޮތުން ރާއްޖޭގައި ތިބީ އިންޑިއާ 77 ސިފައިންނެވެ. އެއީ ހެލިކޮޕްޓަރު އުދުހުމުގެ މަސައްކަތާ ހަވާލުވެގެން ތިބި 50 ސިފައިންނާއި، ޑޯނިއާ ފުލައިޓު ދުއްވުމަށް ހާއްސަވެގެން ތިބި 25 ސިފައިންނެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ޑރ.މުއިއްޒު ވަނީ ރާއްޖޭގައި އެތައްހާސް އިންޑިއާ ސިފައިންނެއް ތިބި ކަަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *