ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މުގައްރިރަކަށް ޣަފޫރު!

big_yp2tn2iFLoX8vtH0h3lmewpJx

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާ ހިދުމަތްތަކުގެ ކޮމިޓީ (241) ކޮމިޓީގެ މުގައްރިރަކަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ޣަފޫރު މޫސާ ހަމަޖައްސަވައިފިއެވެ.

މިއަދު ބޭއްވި 241 ކޮމިޓީ ބައްދަލުވުމުގައި އެ ކޮމިޓީގެ ހުސްވެފައިވާ މުގައްރިރު ކަމަށް ޣަފޫރުގެ ނަން ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ އެމްޑީޕީ މެންބަރު އިސްމާއީލް އަހުމަދެވެ. އަދި އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްއެވެ.

ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ 241 ކޮމިޓީގެ މުގައްރިރަކަށް ޣަފޫރު އިންތިހާބު ކުރުމަށް ނިންމާފައެވެ.

241 ކޮމިޓީގެ މުގައްރިރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް އިސްތިއުފާދެއްވުމުންނެވެ. އަސްލަމް އެ މަގާމުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބުވުމާ ގުޅިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *