ވިހެއުމަށްފަހު ކުއްޖާ އެއްލާލި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

Criminal-Court-1024x683

އދ.ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެ ރަށު ކުނިގޮނޑަށް އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ، ވިހެއުމަށްފަހު ކުއްޖާ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ސްރީލަންކާގެ 30 އަހަރުގެ މީހެއް ކަމަށާއި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްދީފައިވާ ކަމަށެވެ.

ތުއްތު ކުއްޖާ ދިގުރަށު ކުނި ގޮނޑުން ފެނިފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އަދި އެ މައްސަލައިގައި ލަންކާ އަންހެން މީހާ އަތުލައިގަތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފުރަން ގޮސް ހުއްޓައެވެ.

Leave a Reply

Your email address will not be published. Required fields are marked *