ޗައިނާއިން ރާއްޖެއަށް ގްރޫޕް ޓުއާ ދަތުރުތައް ފަށަނީ

photo_2023-01-18_16-21-57-2

ޗައިނާއިން ރާއްޖެއަށް ގްރޫޕް ގްރޫޕް ޓުއާ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބުނީ، ޗައިނާގެ ޓްރެވަލް އެޖެންސީތަކާއި ޓުއާ އޮޕަރޭޓަރުންނާއި އޮންލައިން ޓްރެވަލް ކުންފުނިތަކުން ރާއްޖެއަށް ގްރޫޕް ޓުއާ ދަތުރުތައް ފެށުމަށް ނިންމާފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ތިން އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ރާއްޖެއަށް ޗައިނާގެ ފަތުރުވެރިން އަންނަން ފެށީ މި މަހުގެ 18 ވަނަ ދުވަހެވެ.

ޗައިނާ މާކެޓް ހުޅުވާލުމާއެކު މި އަހަރު ރާއްޖެއަށް އެ މާކެޓުން އެއް ލައްކަ ފަތުރުވެރިން އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *