އެފްއޭއެމްގެ ރައީސް ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓައިފި

Screenshot 2023-12-05 140006

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ފުލުހުން ބުނީ، ފުލުހުން ތަހުގީގު ކުރަމުންދާ އެފްއޭއެމްގެ މައްސަލައާ ގުޅިގެން ބައްސާމްގެ ފުރުން މަނާ ކުރުމުގެ އަމުރެއް ކޯޓުން ވަނީ ނެރެދީފައި ކަމަށެވެ.

އެފްއޭއެމްއަށް ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް ތުހުމަތު ކުރެވޭއިރު، އެ މައްސަލައިގައި އެންމެ ބޮޑެތި ތުހުމަތުތައް ކުރެވެނީ ބައްސާމްގެ މައްޗަށެވެ. މިގޮތުން ފުލުހުން އެ މައްސަލަ ތަހުގީގު ކުރާއިރު، ތަހުގީގަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވާ ކަމަށް ޕީޖީން ބުނެއެވެ.

ޕީޖީ އޮފީހުން ބުނީ، މިހާތަނަށް ބެލި ބެލުމުން އެފްއޭއެމްއަށް ފީފާއިން ފޮނުވާ ފައިސާ ބައްސާމް ހިމެނޭ ގޮތަށް އެފްއޭއެމްގެ އެކި ވެރިންގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ބޭނުން ކޮށްފައިވާކަން އެނގެން އެބަ އޮތް ކަމަށެވެ. އަދި މައްސަލައާ ގުޅިގެން ގިނަ ހެކިތައް ލިބިފައިވާ ކަމަށްވެސް ޕީޖީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *