ޝްވެކް ސިނަމާއިން 2 ޓިކެޓް ލިބޭ ޕްރޮމޯޝަނެއް އެލައިޑުން ފަށައިފި

Screenshot 2023-12-05 153803

ޝްވެކް ސިނަމާގައި އަޅުވާ ފިލްމެއް ބަލާލުމަށް ދެ ޓިކެޓް ލިބޭ ޕްރޮމޯޝަނެއް އެލައިޑް އިންޝުއަރެންސުން ފަށައިފިއެވެ.

އެލައިޑުން ބުނީ، މި ޕްރޮމޯޝަން މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާއިރު، ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި ކޮންމެ ހަފްތާއަކުވެސް ނަސީބުވެރި ދެ ފަރާތެއް ހޮވާނެ ކަމަށާއި، އެ ފަރާތްތަކަށް އެ ހަފްތާއަކު ޝްވެކްގައި އަޅުވާ ފިލްމެއް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެލައިޑްގެ ފޭސްބުކް ޕޭޖު ލައިކް ކުރުމަށްފަހު، ޕްރޮމޯޝަނާ ގުޅޭ ޕޯސްޓަށް ލައިކެއްދޭން ޖެހެއެވެ. އަދި އެ ޕޯސްޓްގައި ތިން މީހަކު ޓެގް ކުރުމަށްފަހު، އެލައިޑްގެ ޕޭޖު ޓެގްކޮށް ޕޯސްޓް ޕަބްލިކްކޮށް ފެންނަހެން ޝެއާ ކުރަންޖެހެއެވެ.

އެލައިޑުން ބުނީ، ޕްރޮމޯޝަންގެ މުއްދަތުގައި ނަސީބުވެރިން ހޮވުން އޮންނާނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *