އަމީނީ މަގުގެ ފަހު 2 ސެގްމަންޓް ނިންމަން 50 ދުވަސް ނަގާނެ: އާރްޑީސީ

GA3w6lKbQAAVvuy

އަމީނީ މަގުގެ ފަހު ދެ ސެގްމަންޓް ނިންމަން 50 ދުވަސް ނަގާނެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

އަމީނީ މަގުގެ ފަހު ދެ ސެގްމަންޓްގެ މަސައްކަތް މިއަދު ފަށާފައިވާއިރު، އާރްޑިސީން ބުނީ އަމާޒަކީ 50 ދުވަސް ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލުން ކަމަށާއި، ނަމަވެސް ވިއްސާރަވުމާއި ބިމުގެ އަޑީގެ ހާލަތަށް ބެލުމަށްފަހު މަސައްކަތުގެ ސްޕީޑަށް ލަސްތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އަމީނީ މަގުގެ މަޝްރޫއުގައި ޖުމްލަ 13 ސެގްމަންޓް ހިމެނޭއިރު، އޭގެ ތެރެއިން 11 ސެގްމަންޓްގެ މަސައްކަތް ނިންމީ ކުރީ ސަރުކާރުންނެވެެ.

މި މަޝްރޫޢުގެ ދަށުން 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ. އަދި މަޝްރޫއަށް 84.4 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *