100 ޑޮލަރުގެ ސައްހަ ނޫން ނޫޓުތަކެއް ދައުރުވާތީ ސަމާލުވާން އެދިއްޖެ

Screenshot 2023-12-12 125858

100 ޑޮލަރުގެ ސައްހަ ނޫން ނޫޓުތަކެއް ދައުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން އެދިއްޖެއެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި ނޫޓުތަކަކީ 1996 އިން ފެށިގެން 2016 އާ ދެމެދުގެ ތާރީހްގެ ތެރޭގައި ޕްރިންޓްކޮށްފައިވާ، ހުދު ބޯޑަރު ހިމެނޭ ޔޫއެސް ޑޮލަރުގެ ނޫޓުތަކެއް ކަމަށެވެ.

ސައްހަ ނޫން ނޫޓުތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ކަންކަން:

  • ސައްހަ ނޫޓާއި ތަފާތު ކަރުދާހެއްގައި ޕްރިންޓްކޮށްފައި ހުރުން
  • ނޫޓް އައްޔަށް ދިއްކުރުމުން ކަނާތް ފަރާތުގައި ފެންނަން ހުންނަ ބެންޖަމިން ފްރެކްލިންގ ހިމެނޭ ފެންމަރުކާ (ވޯޓަރ މާރކް) ސައްހަ ނޫޓާ ތަފާތުކޮށް ހުރުން
  • ނޫޓު އައްޔަށް ދިއްކުރުމުން ނޫޓުގެ ވައަތްފަރާތުން ފެންނަން ހުންނަ "USA 100″ ލިޔެފައިވާ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެ ފަރާތުން ފެންނަން ނެތުން
  • ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގައި ދިއްލިފައި ހުނަން ޖެހޭ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެފަރާތުން ދިއްލިފައި ނެތުން
  • ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުރުމުން ނޫޓު މޫނުމަތީގައި ރަތް އަދި ނޫކުލައިން ދިއްލިފައި ހުންނަން ޖެހޭ ސެކިއުރިޓީ ފައިބަރ ނެތުން
  • ނޫޓުގެ ކަނާތް ފަރާތުން ތިރީގައި ހިމަނާފައިވާ މޫނުމަތީ އަގު ނޫޓު އަރިކުރުމުން ކުލަ ބަދަލު ނުވުން

މީގެއިތުރުން އެމްއެމްއޭ އިން ބުނީ، 100 ޑޮލަރުގެ ހުދު ބޯޑަރު ހިމެނޭ ނޫޓު ބަލައިިގަތުމުގައި ސަމާލުވުމަށާއި ބަލައިގަނެވޭ ނޫޓުގެ ސައްހަކަމާއި މެދު ޝައްކު ކުރެވޭ އެއްވެސް ނޫޓޭއް ފެނިއްޖެނަމަ، އެމްއެމްއޭއަށް ގެނެސް އެ ނޫޓެއްގެ ސައްހަކަން ޔަގީން ކުރުމަށް އެދޭ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *