މޭޔަރު ކަމަށް އެމްޑީޕީން ވާދަކުރައްވާ އާޒިމް ކެންޑިޑަސީ ފޯމު ހުށަހަޅުއްވައިފި

GBIQ0lpboAAV0kf

މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީން ވާދަކުރައްވާ އާދަމް އާޒިމް ކެންޑިޑަސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.

އާޒިމް ކެންޑިޑަސީ ފޯމް އިލެކްޝަންސްއަށް ހުށަހަޅުއްވާފައި ވަނީ އެ އިދާރާގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ. އިލެކްޝަންސްގެ ފަރާތުން އާޒިމްގެ ފޯމާ ހަވާލުވެވަޑައިގެންނެވީ އެ ކޮމިޝަންގެ ނައިބްރައީސް އިސްމާއިލް ހަބީބުއެވެ.

އާޒިމްގެ އިތުރުން އެމްޑީޕީގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ވާދަކުރައްވާ އަޙްމަދު ރިޝްވާން ރަޝީދު އާއި ޙައްވާ ނިޙްލާ އަދި އަޙްމަދު ޢިމްރާންވެސް ވަނީ މިއަދު ކެންޑިޑަސީ ފޯމް އިލެކްޝަންސްއަށް ހުށަހަޅުއްވާފައެވެ.

ކެންޑީޑަސީ ފޯމް ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ، މޭޔަރު ކަމުގައި އެންމެ އިސްކަމެއް ދެއްވާނީ މާލޭ ރައްޔިތުންނަށް ކުރީ ސަރުކާރުން ދީފައިވާ ގޯތި ލިބޭނެ މަގު ހޯދަައިދިނުމަށް ކަމަށާއި، މިގޮތުން ގޯތިތައް ދޫކުރި ތަނަކުން ގޯތި ހޯދުމަށް ކޯޓު މެދުވެރިކޮށްވެސް މަސައްކަތް ކުރާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *