ހައިޑްރޯގްރަފީ އެއްބަސްވުން އާ ނުކުރާނެކަން އިންޑިއާއަށް އަންގައިފި

333327_3593717f-7_

ރާއްޖެ އާއި އިންޑިއާއާ ދެމެދު އެއްބަސްވެފައިވާ ރާއްޖޭގެ ހައިޑްރްގްރަފީ ސާވޭ ހެދުމުގެ އެއްބަސްވުން އާ ނުކުރަން ނިންމައި، އެކަން އިންޑިއާއަށް ސަރުކާރުގެ ފަރާތުން އަންގާފައިވާ ކަމަށް ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ، ހައިޑްރްގްރަފީއާ ގުޅޭ އެއްބަސްވުން ހަދާފައި އޮތީ އަންނަ އަހަރު ޖޫން މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، ހަ މަސް ދުވަހުގެ ތެރޭގައި އެއްބަސްވުން އާ ނުކުރާނަމަ އަންގަން ޖެހޭ ކަމަށެވެ. މިގޮތުން އެކަން ދިވެހި ސަރުކާރުން އަންގާފައިވާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"އެއްބަސްވުން ހަދާފައި އޮތީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ 6 މަސް ކުރިން އަންގަން ޖެހޭ ގޮތަށް. އެހެން ނޫންނަމަ އެ އެއްބަސްވުން އިތުރު ފަސް އަހަރަށް އޮޓޯއިން އާވާނެ. އެހެންކަމުން މިހާރު އިންޑިއާ ސަރުކާރަށް ވާނީ އެއްބަސްވުން އާނުކުރާނެކަން އަންގާފައި" ފިރުޒުލް ވިދާޅުވިއެވެ.

މި އެއްބަސްވުން އާ ނުކުރަން ނިންމީ ރާއްޖޭގެ ކަނޑުފަޅުގެ ސިއްރުތަކީ ހަމައެކަނި ދިވެހިންނާ ހިއްސާކުރާ ކަމަކަށް ވާތީ ކަމަށް ފިރުޒުލް ވިދާޅުވެފައިވާއިރު، އެއްބަސްވުން ހާމަކުރުމާ ގުޅޭގޮތުން ސާފު ޖަވާބެއް ނުދެއްވައެވެ.

Leave a Reply

Your email address will not be published. Required fields are marked *