ކުއްލިއަކަށް އެފްއޭއެމްގެ އިންތިހާބު އަވަސްކޮށް، އަންނަ މަހު 31 ގައި ބާއްވަނީ!

GBOq_34aoAASEjt

ކުއްލިއަކަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބު އަވަސްކޮށް، އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެފްއޭއެމް އިން ބުނީ، އެސޯސިއޭޝަންގެ އިންތިހާބު 45 ދުވަސް ތެރޭގައި ބޭއްވުމަށް އެކްސްކޯއިން ނިންމާފައިވާ ކަމަށާއި، އަދި އިންތިހާބުގައި ވާދަކުރައްވަން ބޭނުންވާ ފަރާތްތަކުން، މި މަހު 27 ވަނަ ދުވަހުގެ 2 ޖެހުމުގެ ކުރިން ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެފްއޭއެމްގެ އިންތިހާބު އަންނަ އަހަރު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިންތިހާބު އަވަސްކޮށްފައި ވަނީ އެފްއޭއެމްގެ ރައީސްކަމުން ބައްސާމް އަދީލް ޖަލީލް ވަކި ކުރުމަށް ބޭނުންވާ ސޮއި ހަމަކޮށްފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

އެފްއޭއެމް ތެރޭގައި ކަރަޕްޝަންގެ ގިނަ ކަންތައްތައް ހިންގަމުންދާ ކަމަށް ތުހުމަތު ކުރެވޭއިރު، ފުލުހުން އަންނަނީ އެ މައްސަލަތައް ތަހުގީގު ކުރަމުންނެވެ. މިގޮތުން ކަރަޕްޝަންގައި އެންމެ ބޮޑަށް ބައިވެރިވެވަފައި ވަނީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް ކަމަށްވެސް ތުހުމަތު ކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *