ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތައް ސަސްޕެންޑް ކުރުން އުވާލުމަށް މަޖިލީހަށް

Screenshot 2023-12-17 152017

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) , (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުުސޫލުތަކަށް އަމަލުކުރުން ސަސްޕެންޑް ކުރުން އުވާލުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، އިގުތިސާދީ ހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު ރާއްޖެއަށް ރިއަލް ޖީޑީޕީ ވަނީ ކޮވިޑުގެ ކުރިން ހުރި މިންވަރު ފަހަނައަޅައި ގޮސްފައި ކަމަށާއި، މިގޮތުން 2022 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 2019 ވަނަ އަހަރު ލިބުނު އާމްދަނީއަށްވުރެ އިތުރުވެފައިވާ ކަމަށެވެ.

މިއާއެކު ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ހާލަތެއް މިހާރު ނެތުމުން 01 ޖަނަވަރީ 2024 ވަނަ ދުވަހުން ފެށިގެން މި ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) , (ރ) އަދި (ބ) އިސްތިސްނާކުރުން ނިމުމަކަށް ގެނެސް، މި ގާނޫނަށް އަމަލުކުރުން ފުރިހަމަގޮގޮތުގައި އިއާދަކޮށްދިނުމަށް އެދި މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް އިސްތިސްނާކުރުމަށް އެދި 26 އޭޕްރީލް 2020 ގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ ކޮވިޑު-19 ގެ އާލަމީ ވަބާ ރާއްޖެއަށް ކުރިމަތިވުމުގެ ސަބަބުން ކަމަށްވާއިރު، ދެ ފަހަރެއްގެ މަތިން އެ އިސްތިސްނާގެ މުއްދަތު ރައްޔިތުންގެ މަޖިލީހުން ވަނީ އިތުރުކޮށްދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *