ޕީއެސްއެމް މޭޔަރު ބަހުސްގައި ހުރިހާ ކެންޑިޑޭޓުން ބަައިވެރިވެވަޑައިގަންނަވާނެ

GBdPiXFaYAANGYt

މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ 5 ކެންޑިޑޭޓުންވެސް ޕީއެސްއެމް މޭޔަރުންގެ ބަހުސްގައި ބައިވެރިވާނެ ކަމަށް ޕީއެސްއެމްއިން ބުނެފިއެވެ.

ޕީއެސްއެމް އިން ބުނީ، މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ޕީއެސްއެމުން ބާއްވާ މޭޔަރުންގެ ބަހުސްގައި ބައިވެރިވުމުގެ ދައުވަތު ހުރިހާ ކެންޑިޑޭޓުންވެސް ޤަބޫލުފުޅުކުރައްވާފައިވާ ކަމަށާއި، މި ބަހުސް އޮންނާނީ އަންނަ މަހުގެ 6 ވަނަ ދުވަހު ކަމަށެވެ.

މޭޔަރުންގެ ބަހުސްއަށް ތައްޔާރުވުމުގެ ގޮތުން ޕީއެސްއެމްއިން ކެންޑިޑޭޓުންނާއި ބައްދަލުކޮށް ބަހުސް ކުރިއަށްގެންދާނެގޮތުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށާއި، އަދި ގުރުއަތު ނަގާ، ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ކެންޑިޑޭޓުންނަށް ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވާނެ ތަރުތީބު ކަނޑައެޅުންވެސް ހިމެނޭ ކަމަށް ޕީއެސްއެމްއިން ބުނެއެވެ. 

މޭޔަރު އިންތިހާބުގައި ވާދަކުރައްވާ ފަސް ކެންޑިޑޭޓުން:

• ކެންޑިޑޭޓް ނަންބަރު 1: ޝުޢައިބު ޢަލީ/ އަމިއްލަ ގޮތުން
• ކެންޑިޑޭޓް ނަންބަރު 2: ޙުސައިން ވަހީދު / އަމިއްލަ ގޮތުން
• ކެންޑިޑޭޓް ނަންބަރު 3: ޢާއިޝަތު ޢާޒިމާ ޝަކޫރު / ޕީއެންސީ
• ކެންޑިޑޭޓް ނަންބަރު 4: އާދަމް ޢާޒިމް / އެމްޑީޕީ
• ކެންޑިޑޭޓް ނަންބަރު 5: ސައިފް ފާތިހު / ދަ ޑިމޮކްރެޓްސް

މާލެ ސިޓީއަށް މޭޔަރަކު ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *