ވ.ތިނަދޫ އާއި ފުލިދޫ ޕޮލިސް ޕޯސްޓް ހުޅުވައިފި

thinadhoo_1_16ef98cf71

ވ.ތިނަދޫ އާއި ފުލިދޫގައި ޕޮލިސް  ޕޯސްޓް ހުޅުވައި އެ ރަށްތަކުގައި ފުލުހުންގެ ހިދުމަތް ދޭން ފަށައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ތިނަދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ އެކްޓިންގ ކޮމިޝަނަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފެލިދެ އަތޮޅު ކައުންސިލު ރައީސް ޝުޖާޢު ޢަލީއެވެ.

މި ރަސްމިއްޔާތުގައި ލޯކަލް ޕޮލިސިން ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން، ނޯތު ސެންޓްރަލް ޕޮލިސް ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް، ވ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަންވަރު އަހްމަދު އަދި ފުލުހުންގެ ކޮމިޝަންޑު އޮފިސަރުންނާއި ތިނަދޫ ކައުންސިލް ރައީސް ޝިފާގު ހުސައިންގެ އިތުރުން ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ފުލިދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ އެކްޓިން ކޮމިޝަނަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފެލިދެ އަތޮޅު ކައުންސިލު ރައީސް ޝުޖާޢު ޢަލީއެވެ.

މި ރަސްމިއްޔާތުގައި، ލޯކަލް ޕޮލިސިންގ ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން، ނޯތު ސެންޓްރަލް ޕޮލިސް ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް، ވ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަންވަރު އަހްމަދު އަދި ފުލުހުންގެ ކޮމިޝަންޑު އޮފިސަރުންނާއި ފުލިދޫ ކައުންސިލް ރައީސް މުޙައްމަދު އިމްތިޔާޒްގެ އިތުރުން ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި، އޮކްސިލަރީ ސަރވިސްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ތާރީހުގެ ތެރެއަށް ނަޒަރު ހިންގައިލާއިރު، އިބްނުބަތޫތާ އާއި ޕިރާޑް ފަދަ ބޭފުޅުން ދިވެހިރާއްޖެ ސިފަކޮށްފައިވަނީ ވަރަށް އަމާން އޮމާން ގައުމެއްގެ ގޮތުގައި ކަމަށާއި، މި އަމާންކަމާއި ރައްކާތެރިކަން ދިވެހިރާއްޖޭގައި ގާއިމުވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން ގައުމުގެ އިގްތިސާދީ ސިނާއަތް ބަރޯސާވެފައި ވަނީ ފަތުރުވެރިކަމަށްވާއިރު ފަތުރުވެރިންގެ ތެރޭގައި ހިނގާ ތަފާތު ކުށްތަކާއި، ފަތުރުވެރިކަމުގެ ތެރޭގައި ހިނގާ ނޭއްގާނީ އަމަލުތައް ކަމުގައިވިއަސް އެފަދަ ކަންކަން ބަންދުކުރާނެ ދޮރެއް ގެސްޓުހައުސް ހުންނަ ކޮންމެ ރަށެއްގައި ހުންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ. މިގޮތުން ވ. އަތޮޅަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިންމު އަތޮޅެއްކަމަށާއި ފުލިދުއަކީ ވެސް ގެސްޓުހައުސް ވިޔަފާރި ފުޅާވަމުންއަންނަ ރަށަކަށްވާއިރު މި އިފްތިތާހު ކުރެވިގެންދިޔަ ޕޮލިސް ޕޯސްޓުގެ ސަބަބުން އަތޮޅުގެ ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭ ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރި އަމާން މާހައުލެއް ކަށަވަރު ކޮށްދިނުމަށް ގާނޫނު ތަންފީޒުކުރަން ތިބޭ މީހުންގެ އެހީ ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

ފުލިދޫ ޕޮލިސް ޕޯސްޓް އަދި ތިނަދޫ ޕޮލިސް ޕޯސްޓްގެ މަޝްރޫއުއަކީ ކުރީގެ ސަރުކާރުން ކުރިޔަށް ގެންގޮސް ނިންމާލި މަޝްރޫއެކެވެ.

Leave a Reply

Your email address will not be published. Required fields are marked *