ރައީސް ޑރ.މުއިއްޒު، ގާސިމް އާއި ސިޔާމް އަދި ނާޒިމްއާ ބައްދަލުކުރައްވައިފި

3

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމްއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ވަކިވަކިން ތިން ޕާޓީގެ ލީޑަރުންނާ ރައީސް ޑރ.މުއިއްޒު ބައްދަލުކުރައްވާފައިވާއިރު، މި ބައްދަލުކުރެއްވުމުގެ ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސް ޑރ.މުއިއްޒު ބައްދަލުކުރެއްވި ގާސިމް އާއި ނާޒިމް ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިއެވެ. އަދި ސިޔާމް ފުރަތަމަ ބުރުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތާއީދު ކުރެއްވިއިރު، ދެވަނަ ބުރުގައި ތާއީދު ކުރެއްވީ ޑރ.މުއިއްޒުއަށެވެ. ދެވަނަ ބުރުގައި ގާސިމް އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ކުރައްވާފައި ނުވާއިރު، ދެވަނަ ބުރުގައި ނާޒިމް ތާއީދު ކުރެއްވީ ޑރ.މުއިއްޒުއަށެވެ.

Leave a Reply

Your email address will not be published. Required fields are marked *