މަރުގެ ހުކުމް ތަންފީޒުކުރަން ނިންމާފައިވާކަން ސަރުކާރުން އިއުލާންކޮށްފި

Screenshot 2023-12-20 161641

މަރުގެ ހުކުމް ތަންފީޒުކުރަން ނިންމާފައިވާކަން ސަރުކާރުން އިއުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުގައި ހިމެނޭ އިދާރާތައް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މި ސަރުކާރަކީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ނިންމާފައިވާ ސަރުކާރެއް ކަމަށާއި، އަދި އެކަން ތަންފީޒުކުރާނީ ގާނޫނާއި ގަވައިދުގެ އިމުގެ ތެރެއިން ކަމަށެވެ.

"އަޅުގަނޑުމެން ދިވެހި ސަރުކާރަކީ މިހާރުގެ ސަރުކާރަކީ މަރުގެ ހުކުމް ތަންފީޒު ކުރަން އަޅުގަނޑުމެން ވެސް ހަމަ ނިންމާފައި އޮތް ސަރުކާރެއް" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މިވަގުތު ޝަރުއީ ހުރިހާ މަރުހަލާއެއް ނިމި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައި ހަތަރު މީހުން ތިބިއިރު، ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒު ކުރީ މީގެ 70 އަހަރު ކުރިން 1953 ވަނަ އަހަރެވެ.

Leave a Reply

Your email address will not be published. Required fields are marked *