ނައިބުރައީސް ރަސްމީ ދަތުރުފުޅެއްގައި މޮންޓެނީގްރޯއަށް ފުރާވަޑައިގަންނަވައިފި

334428_4909e7a7-0_

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުހައްމަދު ލަތީފް، ރިޕަބްލިކް އޮފް މޮންޓެނީގްރޯއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ނައިބްރައީސްގެ މި ދަތުރުފުޅަކީ މޮންޓެނީގްރޯގެ ޑަނިލޮވްގްރަޑްގައި ބާއްވާ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނީގްރޯގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި، މި ކޮންގްރެސް އޮންނާނީ މި ޑިސެންބަރު މަހު 24-26 އަށް ކަމަށެވެ.

ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޮރ ސެކިއުރިޓީ، އިންޓަރނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި ޑިމޮކްރެޓިކް މޮންޓެނީގްރޯގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ އަލެކްސާ ބެސިކްގެ ދައުވަތަކަށް ކަމަށ ބައިވެރިވެވަޑައިގަންނަވާ މި ކޮންފަރެންސްގައި ނައިބްރައީސް ވާހަކަފުޅުދައްކަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ދިވެހި ރާއްޖެއާއި މޮންޓަނީގްރޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ 24 ނޮވެންބަރު 2009 ގައެވެ.

Leave a Reply

Your email address will not be published. Required fields are marked *