މާފުށި ބަނދަރުގެ މަސައްކަތް އެމްޓީސީސީއަށް

ssxcv

ކ.މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 600 ދުވަހުން ނިންމަން 82.59 މިލިއަން ރުފިޔާއަށެވެ.

މިމަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި، އައު ބަނދަރު ފުންކުރުމާއި، ނެރު ފުން ކުރުން، ބޭރު ތޮށި ޖެހުން އަދި ސޭންޑްފިލް ބްރޭކްވޯޓަރ ހެދުން ހިމެނެއެވެ.

މިގޮތުން 64 މީޓަރު ރިވެޓްމަންޓް ޖެހުމާއި، 700 މީޓަރ ޖިއޯ ބެގް ރިވެޓްމަންޓް ޖެހުން، 374 މީޓަރު އެއްގަމު ތޮށި ޖެހުން ހިމެނެއެވެ. އަދި އެއްގަމު ތޮށި ޖެހުމާއި، މޫރިންގް ރިންގް އަދި ބޮއި ހަރުކުރުމާއި ކޮންކްރީޓް ބްރިޖަކާއި ޖެޓީއެއް ހެދުމާއި މަގު ބައްތި ހަރުކޮށް ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *