ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ކޮމިޓީ ކޯރަމް ހަމަ ނުވެގެން ކެންސަލް!

GA96vIZacAAe6K_

އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ކޮމިޓީ ކޯރަމް ހަމަ ނުވެގެން ކެންސަލް ކޮށްފިއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާ ގުޅޭގޮތުން މިއަދު ހެނދުނު 09:00 ޖަހާއިރު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން ބާއްވަން މަސައްކަތް ކޮށްފައިވާއިރު، ކޯރަމް ހަމަނުވެގެން ބައްދަލުވުން ވަނީ ކެންސަލްކޮށްފައެވެ. އަދި މަޖިލިސް އިދާރާއިންވެސް ވަނީ ބައްދަލުވުން ކެންސަލްވިކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މީގެ ކުރިން ވަނީ ވަޒީރުންނަށް ރުހުން ދިނުމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. ނަމަވެސް މިނިސްޓްރީތަކުގެ މެންޑޭޓް ފާސްނުކުރާތީ އަލުން އެ މައްސަލަ ވަނީ ކޮމިޓީއަށް ފޮނުވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *