ރުހުން ދިނުމުގެ ޕްރޮސެސްއަކީ ރަނގަޅު ވެޓިން ޕްރޮސެސްއަކަށް ވާން ޖެހޭ: ޔާސިރު

K6OZeUJlLMKs71TnBHuCrAJLYFaMCp3ivgPynTXn

ރުހުން ދިނުމުގެ ޕްރޮސެސްއަކީ ރަނގަޅު ވެޓިން ޕްރޮސެސްއަކަށް ވާން ޖެހޭ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

މެމްބަރު ޔާސިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ ރުހުން ދިނުމުގެ ޕްރޮސެސް އަކީ ހާމަކަން ބޮޑުގޮތެއްގައި ހިންގާ ރަނގަޅު ވެޓިން ޕްރޮސެސް އަކަށް ވަަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ތިއްބެވި ބައެއް ވަޒީރުންނަކީ ގާބިލް ބޭފުޅުން ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަ ކަމަށެވެ.

"އަނެއްބައި ފަރާތްތަކުން ދަންނަވަނީ ރުހުން ދިނުމުގައި އަމަލު ކުރެވެމުން އައި ގޮތަށް ބަލާއިރު ފުރަތަމަ ކެބިނެޓްގެ ހުރިހާ ވަޒީރުންނަށް ރުހުން ދިނުން ރަނގަޅު ކަމަށް، މައްސަލަތައް އުޅޭނަމަ ފަހުން މަޖިލީހުގެ ތެރެއިން މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރިއަތް ގެންދިއުމަށް" މެމްބަރު ޔާސިރު ކުރެއްވި ޓުވީޓްގައި ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒުގެ ކެބިނެޓަށް ރައްޔިތުންގެ މަޖިލީހުން އެޕްރޫވަލް ހޯދަންޖެހޭ ގޮަތަށް ކަނޑައެޅި ލިޔެވިފައި އޮންނަނީ ކޮން މަގުސަދެއްވައިތޯ ވިސްނަނަޖެހޭކަން ފާހަގަކުރައްވައި ޔާސިރު ވިދާޅުވީ، ކޮލިޓީ ނެތް ބޭފުޅުންނަށް ރަބާ ސްޓޭމްޕް ޖަހާ އުސޫލުން ރުހުންދިނުމަކީ މަޖިލިސް މެންބަރުން ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

އާ ސަރުކާރުގައި 22 ވަޒީރުން ތިއްބެވިއިރު، އެ ވާޒީރުންނަށް މަޖިލީހުން ރުހުން ދިނުމާ ގުޅޭ ވޯޓު ނަގާނީ ވަކިވަކިންނެވެ. މަޖިލީހުގައި މެޖޯރިޓީ ޕާޓީއަކީ އިދިކޮޅު އެމްޑީޕީ ކަމަށްވާއިރު، ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ގޮތެއް ނުނިންމައެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ރޫހު ހުރީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *