ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް މާޗު މަހު ފަށަނީ

334677_7264b4c7-d_

ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މިކަމާބެހޭގޮތުން މަޝްވަރާކުރެއްވުމަށްފަހު ވަނީ މިނިސްޓްރީއޮފް ހެލްތާއި މޯލްވިއަންއާ ގުޅިގެން 2024 މާރިޗް މަހުން ފެށިގެން މި ހިދުމަށް ފެށުމަށް ނިންމަވާފައި ކަމަށާއި، އެގޮތުން މޯލްޑިވިއަންއާ ގުޅިގެން މިކަމަށް ހާއްސަ ދެ އެއަރ އެމްބިއުލަންސް ބޭނުންކުރުމަށްވެސް ވަނީ ނިންމާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެއިތުރުން މި މަޝްރޫޢު ކުރިޔަށްގެންދަވާނީ މިހާރުވެސް މިނިސްޓްރީ އޮފް ހެލްތުގައި އެމަރޖެންސީ އެމްބިއުލަންސްގެ ޚިދުމަތްދިނުމަށް ކަނޑައަޅާފައިވާ ޑިޕާޓުމަންޓުން ކަމުގައިވެސް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ.މުއިއްޒު ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ތައާރަފްކުރުމަކީ ރައީސް ޑރ.މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި އެކަމަކީ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *