ޝަރީފް އެމްޑީޕީން ވަކިވެވަޑައިގެންފި، ޕީއެންސީއާ ގުޅޭ ކަމުގެ އަޑުތަކެއް!

mavota

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެވަޑައިގެންފިއެވެ.

"ތޭވީސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ މެމްބަރުކަމުން ޝަރީފް ވަކިވެފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި އޭނާ އެމްޑީޕީން ވަކިވެފައި ވަނީ ސިޔާސީ ދާއިރާއާ ދުރަށް ދިޔުމަށް ކަމަށް ބައެއް ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ.

ނަމަވެސް ޝަރީފް އެމްޑީޕީން ވަކިވުމާ ގުޅިގެން ގިނަ ފަރާތްތަކުން ތުހުމަތު ކުރަމުން އަންނަނީ އޭނާ އެމްޑީޕީން ވަކިވީ ޕީއެންސީއަށް ސޮއިކުރުމަށް ކަމަށެވެ. މިގޮތުން ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު އަންނަނީ ޝަރީފްއަށް އެކި ތުހުމަތުކޮށް ޑީލެއްގެ ދަށުން ޕީއެންސީއަށް ސޮއިކުރަން އުޅޭ ކަމަށް ބުނަމުންނެވެ.

މިކަމާ ގުޅިގެން ޝަރީފް މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް އެމްޑީޕީން ވަކިވެވަޑައިގަތްކަން އެޕާޓީގެ މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖަކުން ޝަރީފް ވަނީ ހިއްސާކުރައްވާފައެވެ.

ސިޔާސީ ހަޔާތް އެމްޑީޕީން ފެެއްޓެވި ޝަރީފް ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޑީއާރްޕީގައި އިސް ދައުރެއް އަދާކުރައްވާފައެވެ. އެއަށްފަހު އަލުން އެމްޑީޕީއާ ގުޅުނެވެ. މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެމްބަރުންގެ ތެރޭގައި ޝަރީފް ހިމެނޭއިރު، އޭނާއަކީ މިހާރު މަޖިލިސްގެ ރިޔާސަތު ބަލަހައްޓަވާ މެމްބަރުންގެ ތެރެއިންވެސް މެމްބަރެކެވެ.

Leave a Reply

Your email address will not be published. Required fields are marked *