ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމުގައި މިޒްނާ ބަހައްޓަން ސަރުކާރުން ނިންމައިފި

Screenshot 2023-12-26 141131

މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ ހައި ކޮމިޝަނަރުކަމުގެ މަގާމުގައި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްގެ ދަރިކަނބަލުން މަރިޔަމް މިޒްނާ ޝަރީފު ބެހެއްޓުމަށް ސަރުކާރުން ނިންމައިފިއެވެ.

ދިވެހި ހައި ކޮމިޝަންތަކާއި އެމްބަސީތަކުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ނޮވެމްބަރު 18 ގެ ކުރިން ރާއްޖެ ވަޑައިގަތުމަށް ފޮރިން މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި ޑިސެމްބަރު މަހުގެ ނިޔަލަށް ޑިޕްލޮމެޓިކް ޕާސްޕޯޓު ކެންސަލް ކުރާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ނަމަވެސް "ތޭވީސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިޒްނާގެ ވަޒީފާ ދަމަހައްޓަން ފޮރިން މިނިސްޓްރީން މި މަހު 20 ވަނަ ދުވަހު ސަރުކާރުން ވަނީ ނިންމައި އެކަން އޭނާއަށް އަންގާފައެވެ. އަދި މިޒްނާގެ ބައްޕަ އިއްޔެ ވަނީ އެމްޑީޕީގެ މެމްބަރުކަމުން ވަކިވެވަޑައިގެންފައެވެ.

ޝަރީފް އެމްޑީޕީއާ ވަކިވެވަޑައިގަތީ ޕީއެންސީއާ ގުޅުމަށް ޑީލެއްގެ ދަށުން ކަމަށް އަޑުތައް ފެތުރެމުން އަންނައިރު، ޝަރީފްގެ ދަރިކަނބަލުން މިޒްނާ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމުގައި ބެހެއްޓުމަށް މި ސަރުކާރުން ނިންމުމުންވެސް ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދައި ތުހުމަތުތައް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *