ރައީސް ޑރ.މުއިއްޒު ކުރީގެ ރައީސް ޑރ.ވަހީދުއާ ބައްދަލުކުރައްވައިފި

334901_c95788fc-a_

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ކުރިޔަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ސިޔާސީ އަދި އިޖުތިމާޢީ ކަންކަމާ ގުޅޭގޮތުންނާއި ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ޤައުމާއި ރައްޔިތުންގެ ލާބައަށް ކުރެވޭ އެހެން މަސައްކަތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. ނަމަވެސް ބައްދަލުކުރައްވުމާ ގުޅޭ މާ ބޮޑު ތަފްސީލެއް އެ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

ރިޔާސީ އިންިތހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރެއްވި ޑރ.ވަހީދު ވަނީ ޓިކެޓް ޑރ.މުއިއްޒުއަށް ލިބިވަޑައިގަތުމާއެކު ޖޭޕީއާ ގުޅިވަޑައިގެން ގާސިމް އިބްރާހިމްއަށް ތާއީދު ކުރައްވާފައެވެ. އަދި ދެވަނަ ބުރުގައި ޑރ.ވަހީދު އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ކުރައްވާފައެއް ނުވެއެވެ.

ރައީސް ޑރ.މުއިއްޒު އަންނަނީ މި ހަފްތާގައި ރާއްޖޭގެ އެކި ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އިތުރުން ކުރީގެ ރައީސުންނާ ބައްދަލުކުރައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *