ފައިލޭރިއާއިން ރައްކާތެރިވުމަށް އާބަންކޯއިން ހުޅުމާލެ ފޮގް ކުރަނީ

aef3b819-caaa-4041-9240-f000f1ead8d9

ފައިލޭރިއާއިން ރައްކާތެރިވުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ހާއްސަ ކެމްޕެއިން "#ފައިލޭރިއާއިންރައްކާ" ގެ ދަށުން ހުޅުމާލެ ފޮގް ކުރުމުގެ މަސައްކަތް އާބަންކޯއިން ފަށައިފިއެވެ.

އާބަންކޯއިން ބުނީ، ފޮގް ކުރުމުގެ މަސައްކަތް ކުރިއަށް ދާނީ ކޮންމެ ދުވަހަކަށް ކަނޑައެޅިފައިވާ ވަކި ސަރަހައްދެއްގައި ކަމަށާއި، މިގޮތުން ހުޅުމާލެ ފޮގް ކުރުމަށް ވަނީ 20 ސަރަހައްދަކަށް ބަހާލާފައި ކަމަށެވެ.

ކޮންމެ ދުވަހަކު ފަތިހު 5:00 – 6:00 އަށް، އަދި އިރު އޮއްސި 6:00 – 7:00 އަށް ފޮގް ކުރުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށާއި، އެހެންކަމުން ފޮގް ކުރުން ކުރިއަށް ދާ ވަގުތުތަކުގައި މަގުމަތީގައި އުޅޭ ފަރާތްތަކުން އެކަމަށް ސަމާލުވެލެއްވުމަށް އާބަންކޯއިން ވަނީ އެދިފައެވެ.

ހުޅުމާލެއިން މަދިރި މަދުކުރުމަށް މީގެ ކުރިން ވެސް އާބަންކޯއިން އިސްނަގައިގެން ތަފާތުހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ. މިގޮތުން އެކި ސަރަހައްދު ފޮގް ކުރުމާއި، މަދިރިއާލާވާ ފަދަ ތަންތަން ނައްތާލުމަށް މަސައްކަތް ކުރުން ހިމެނެއެވެ. މީގެއިތުރުން ފައިލޭރިޔާ ފެތުރުން ހުއްޓުވުމަށް އާބަންކޯއިން ހާއްސަ އިސްކަމެއް ދީގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި، މިގޮތުން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތައް ސްކްރީން ކުރުން އެޗްޕީއޭ އާ ގުޅިގެން ވަނީ މިމަހުގެ ތެރޭގައި ފަށާފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *