އެފްއޭއެމްގެ ރައީސަކަށް މުފާވެސް ވާދަކުރައްވަން ފޯމް ހުށަހަޅުއްވައިފި

383166_3_c7658fa1b8c9cac188a6478f421d6992508c34de_large

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްކަމަށް ވާދަކުރެއްވުމަށް އެފްއޭއެމްގެ އެކްސްކޯގައި ހިމެނޭ މުފާވިޒް ހާޝިމް (މުފާ) ފޯމް ހުށަހަޅުއްވައިފިއެވެ.

އަންނަ މަހު އޮތް އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވަން އީގަލްސްގެ ވައިސް ޗެއާމަން ކުރައްވަމުން އަންނަ މުފާ މިއަދު ފޯމް ހުށަހަޅުއްވާފައިވާއިރު، އޭނާގެ ނައިބުރައީސުން ގޮތުގައި ހިމަނުއްވާފައިވަނީ މުހައްމަދު އަޙުސަން އާއި މުއާވިޔަތު ހަލީލް (މުއާބެ) އެވެ.

މީގެއިތުރުން މުފާގެ ޓީމުގައި މެމްބަރުން ގޮތުގައި ހިމަނުއްވާފައި ވަނީ އަޙުމަދު ޝަކީބް (ޑޮކް) އާއި މުހައްމަދު ހަސަން އާއި ޙަސަން އަދުހަމް (ސަޑޭ) އާއި އަރުޝަދު އަޝްރަފް އާއި މަރިޔަމް މިރްފަތު އަދި އިސްމާއީލް ޝަފީއުއެވެ.

އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވަން މުފާ ފޯމް ހުށަހަޅުއްވާފައިވާއިރު، މިއަދުގެ ވަގުތެއްގައި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް (ޓޮމް) ވެސް ވަނީ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *