މަޖިލީހުގެ 3 ވަނަ ދައުރުގެ ފަހު ޖަލްސާ މާދަމާ!

img_md_202312260804311703559871.5079

ރައްޔިތުންގެ މަޖިލީހުގައި މި ހިނގާ ތިންވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ މާދަމާ އޮންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ، މި ހިނގާ ތިންވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ މާދަމާ ހެނދުނު 09:00 ޖަހާއިރު އޮންނާނެ ކަމަށާއި، އަދި ޖަލްސާގެ އެޖެންޑާ ފަހުން ހިއްސާކުރާނެ ކަމަށެވެ.

މަޖިލީހުގެ ތިންވަނަ ދައުރު މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހަށް ނިމޭ ގޮތަށް އޮއްވައި، ޑިސެމްބަރު 4 ވަނަ ދުވަހަށް ދައުރު ވަނީ ދަންމާލާފައެވެ. އަދި އެއަށްފަހު ޑިސެމްބަރު 18 އަށް ދައުރު އިތުރު ކުރުމަށްފަހު، އަނެއްކާވެސް ޑިސެމްބަރު 28 ގެ ނިޔަލަށް ވަނީ ދައުރު ދަންމާލާފައެވެ.

މަޖިލިސް ދެ މަސް ދުވަހަށް ޗުއްޓީއަކަށް މާދަމާ ދާއިރު މަޖިލީހުގެ ގިނަ މަސައްކަތްތައް ހުރީ ނުނިމިއެވެ. އެގޮތުން ވަޒީރުންނަށް ރުހުން ދިނުމާއި، އަދިވެސް ގިނަ ކަންކަމަށް ހުރީ ގޮތްތައް ނުނިމިއެވެ. މަޖިލިސް ޗުއްޓީއަށްފަހު ދެން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

Leave a Reply

Your email address will not be published. Required fields are marked *