ޅ. ހިންނަވަރުގައި އިމާރާތްކުރާ ހައުސިންގް ޔުނިޓްތަކާއި، ރޯހައުސްގެ ބިންގާ އަޅައިފިއެވެ.
މި މަސައްކަތުގެ ބިންގާ އަޅުއްވައިދެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު އަދި އެރަށު ކައުންސިލުގެ މެންބަރުންނެވެ.
![](https://theyvees.com/wp-content/uploads/2022/12/300x250.jpg)
ޑިޒައިން އެންޑް ބިލްޑް އުސޫލުން ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން ހިންނަވަރުގައި އަޅަނީ 50 ރޯހައުސް އާއި 50 ހައުސިން ޔުނިޓެވެ.
މި މަޝްރޫއުގެ ދަށުން އަޅާނީ 7000 އަކަފޫޓުގެ ދެ ބުރީގެ 50 ރޯހައުސް އާއި 1000 އަކަފޫޓުގެ 50 ހައުސިން ޔުނިޓެވެ. މި މަޝްރޫއަށް 83 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.
ބިން ހިއްކިތާ 11 އަހަރު ފަހުން އެ ބިމުގައި 7000 އަކަފޫޓުގެ ދެ ބުރީގެ 50 ރޯހައުސް އާއި 1000 އަކަފޫޓުގެ 50 ހައުސިން ޔުނިޓު އިމާރާތްކުރަން ބަޔަކާ ހަވާލުކުރީ މިދިޔަ ޖުލައި މަހު އެވެ. ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ އެ މަސައްކަތް ހަވާލުކުރީ 83 މިލިއަން ރުފިޔާއަށް، އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.