މާލެއަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުން ލިބިއްޖެ

GCp9jHqbgAA_rti (1)

މާލެއަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން ބުނީ، ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުން އެކި ވަރުގެ ގެއްލުންތައް ބައެއް ގެތަކަށް ލިބިފައިވާ ކަމަށާއި، އަދި ބައެއް ރަށްތަކުންވެސް ގެއްލުން ލިބިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ސާފެއް ނޫނެވެ.

އެމްއެންޑީއެފް އިން ބުނީ، ވިއްސާރައިގައި މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސްއިން ކުރަމުން އަންނަ ކަމަށާއި، އަދި ފެން ވަންނާތީ ބައެއް ތަންތަނުގައި ވެލި ބަސްތާވެސް ޖަހާފައިވާ ކަމަށެވެ.

"އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ދަނީ އައިޖީއެމްއެޗް ކައިރީގައާއި، ދިވެހިރާއްޖޭގެ އަޑު ކައިރީގައާއި، ވެސްޓް ޕާކު ކައިރީގައާއި، މާފަންނު ސްޓޭޑިއަމް ކައިރީގައާއި، ޕޮލިޓެކްނިކް ކައިރީގައާއި، ހުޅުމާލޭ ފެރީ ޓަރމިނަލް ކައިރީގައާއި، ޕޯސްޓް އޮފީސް ކައިރީގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތްކުރަމުން" އެމްއެންޑީއެފް އިން ބުނިއެވެ.

މީގެއިތުރުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން ވަނީ މިހާތަނަށް ލ.ފޮނަދޫގެ 11 ގެއެއްގައާއި، ފ.ނިލަންދޫގެ 2 ގެއެއްގައާއި، ލ.ގަމުގެ ގެއެއްގައި ވެލި ބަސްތާ ޖަހާދީފައި ކަމަށާއި، ސިފައިން ދަނީ ލ.ފޮނަދޫގެ ހަތަރު ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތްވެސް ކުރަމުން ކަމަށެވެ.

މެޓް އޮފީހުން ބުނީ، ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށާއި، މާލެއަށް ވެހުނީ 73.7 މިލިމީޓަރުގެ ވާރޭ ކަމަށެވެ. އަދި އެންމެ ގިނައިން ވާރޭ ވެހުނީ 119 މިލިމީޓަރާއެކު ލ.ކައްދޫއަށް ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *