ކ.އަތޮޅުން ފެށިގެން އދ.އަތޮޅަށް އޮރެންޖް އެލާޓް ނެރެފައިވާ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ކ.އަތޮޅުން ފެށިގެން އދ.އަތޮޅަށް މިއަދު 15:15 އިން 17:30 އަށް އޮރެންޖް އެލާޓް ނެރެފައިވާ ކަމަށެވެ.

އޮރެންޖު އެލާޓް ނެރެނީ ގަޑިއިރެއް ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި ގަޑިއަކު 63 މޭލަށް ވައި ޖެހުމުންނެވެ. މީގެ ހަތަރު ދުވަސް ކުރިން އައްޑޫ އާއި ފުވައްމުލަކަށްވެސް ވަނީ އޮރެންޖް އެލާޓް ނެރެފައެވެ.
އިރުވައި މޫސުމާ ގުޅިގެން ކުރިޔަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކާއި އާންމު ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
Post Views: 70