އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގަނޑުބަޑުކުރަން ސަރުކާރާ އިދިކޮޅު ޕީޕީއެމް އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޕްރައިމަރީގެ ކެމްޕޭނަށް އއ.މާޅޮހު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ޕްރައިމަރީ ތެރެއަށް އެހެން ޕާޓީތަކުގެ މީހުން ވަދެގަނެގެން އުޅޭ ކަމަށާއި، މިކަމަށް ހުރިހާ އެންމެންވެސް ސަމާލުވުމަށް އެދޭ ކަމަށެވެ.
މިގޮތުން ޕްރައިމަރީ ގަނޑުބަޑުކުރަން ސަރުކާރާ އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރަނީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް އެމްޑީޕީއަށް ދަތިކުރަން ކަމަށާއި، ނަމަވެސް ޕްރައިމަރީ ކާމިޔާބުކުރައްވާނީ އެމަނިކުފާނު ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
Post Views: 51