ހއ.ދިއްދޫ އިން ފެނަކައިގެ މުވައްޒަފުންތަކެއް ކަނޑާލުމުން އިހުތިޖާޖުކުރަނީ

GD8FKRoaoAATixP

ހއ.ދިއްދޫ ޕަވާ ހައުސް އިމާރާތް ކުރުމަށް ނަގާފައިވާ ފެނަކައިގެ 70 މުވައްޒަފަކު ވަޒީފާއިން ކަނޑާލުމުން އެ ރަށުގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ވަޒީފާއިން ކަނޑާލި މީހަކު "ތޭވީސް" އަށް މައުލޫމާތު ދެމުން ބުނީ، ވީނުވީއެއް ނާންގާ ކުއްލިއަކަށް ވަޒީފާއިން ވަކިކުރުމުން ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް އާއިލާއަކަށް އާމްދަނީ ހޯދޭނެ މަގު ހުއްޓިފައިވާ ކަމަށެވެ.

"މި ސަރުކާރުން ވެރިކަމަށް އައީ ހަމައެކަނި ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުން ވަކިކުރާނެ ކަމަށް ވައުދުވެގެން. ނަމަވެސް އަޅުގަނޑުމެން ކަހަލަ ނިކަމެތި ރައްޔިތުންގެ ވަޒީފާ ގެއްލުވާލާފައި ސަރުކާރުން މި ބަލަނީ ސިޔާސީ މަގާމުތައް އިތުރުކުރެވޭތޯ" ތޭވީސްއަށް މައުލޫމާތު ދިން ފެނަކައިގެ މުވައްޒަފުން ބުންޏެވެ.

މިކަމާ ގުޅިގެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިއްދޫގައި ޕަވާ ހައުސް އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓިފައިވާތީ އެކަން ކުރުމަށް ނަގާފައިވާ 70 މުވައްޒަފުންގެ ކޮންޓްރެކްޓް އައު ނުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މަސައްކަތް ހުއްޓިފައިވާ ސަބަބެއް މުއާޒް ހާމަކުރައްވާފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *