އައްޑޫއިން ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލައިފި

dgved

އައްޑޫ ސިޓީން ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީން ކޮށްފައިވާ ތިން އިއުލާނެއްގައި ބުނެފައިވާ ގޮތުން ހުޅުދޫއިން 2،000 އަކަފޫޓުގެ 100 ގޯތި ދޫކުރާއިރު، މީދޫއިންވެސް ދޫކުރަނީ 2،000 އަކަފޫޓުގެ 100 ގޯއްޗެވެ. އަދި ފޭދޫއިން ދޫކުރަނީ 1،500 އަކަފޫޓުގެ 300 ގޯއްޗެވެ.

ފޭދޫއިން ދޫކުރާ 300 ގޯތީގެ ތެރެއިން 270 ގޯތި ދޫކުރަނީ ފޭދޫގެ ރައްޔިތުންނަށެވެ. އަދި 30 ގޯތި ދޫކުރަނީ ފޭދޫ ފިޔަވައި އައްޑޫގެ އެހެން ރަށްތަކުގެ ރައްޔިތުންނަށެވެ. އަދި މީދޫ އިން ދޫކުރާ 100 ގޯތީގެ ތެރެއިން 90 ގޯތި އަދި ހުޅުދޫއިން ދޫކުރާ 90 ގޯތި ދެނީ އެ ރަށްތަކުގެ ރައްޔިތުންނަށެވެ.

މީގެއިތުރުން މީދޫއިން 10 ގޯތި އަދި ހުޅުދޫއިން 10 ގޯތި ދެނީ އެހެން ރަށްތަކުގެ ރައްޔިތުންނަށެވެ.

ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަސް ހަމަޖެހިފައިވަނީ ފެބްރުއަރީ ދެވަނަ ދުވަހުން 16 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް އެ އަވަށެއްގެ އަވަށު އޮފީހުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *