ނާސިންގް ހޯމަކާއި، ޑިސެބިލިޓީ ސެންޓަރެއް އަޅާދޭނެ ބަޔަކު ހޯދަނީ

216363_3_5eb7f250d4a37b9c178638c71d5588318b3dd536_large

ހުޅުމާލޭގައި ނާސިން ހޯމަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒެއް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

ނާސިން ހޯމް އަދިހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒެއް އަޅަން އެޗްޑީސީ އިން އިސްކަން ދެނީ ލޭންޑް ބޭސް މޮޑެލް އަކަށެވެ. ނަމަވެސް ހުށަހަޅާ އީއައިއޯ ތަކުގައި ތަފާތުވައްތަރުގެ މޮޑެލްތައް ހުށަހެޅޭނެ ކަމަށާއި އެ ހުށަހެޅުމުގައި ދެފަރާތަށްވެސް ލިބޭނެ ފައިދާތައް ބަޔާންކުރަންޖެހޭނެ ކަމަށް އެޗްޑީސީ އިން މައުލޫމާތު ދެ އެވެ.

އީއޯއައި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށެވެ. އަދި އީއޯއައި ހުށަހަޅަން ޖެހެނީ އެޗްޑީސީގެ މެއިލްއަށް ނުވަތަ ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ މައި އޮފީހަށެވެ

Leave a Reply

Your email address will not be published. Required fields are marked *