އުޝާމް އާއި ހައިދަރު އަދި ޝަހީމްއަށް ރުހުން ދޭން ފާހެއް ނުވި!

Screenshot 2024-01-29 143257

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހަށް އައްޔަނު ކުރެއްވި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އާއި އިސްލާމިކް މިނިސްޓަރު  ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އަދި އެޓާނީ ޖެނެރަލްގެ މަގާމަށް އައްޔަނު ކުރެއްވި އަހުމަދު އުޝާމްއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ހައިދަރުއަށް ރުހުން ދޭން ފެންނަ ކަމަށް 24 މެމްބަރަކު ވޯޓު ދެއްވި އިރު، ރުހުންދޭން ނުފެންނަ ކަމަށް 46 މެމްބަރަކު ވޯޓުދެއްވި އެވެ. އަދި އުޝާމަށް ރުހުން ދޭން 24 މެމްބަރުން ވޯޓު ދެއްވާފައިވާއިރު، ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ ތެރެއިން 44 މެމްބަރުން ވަނީ އޭނާއަށް ރުހުން ނުދޭން ވޯޓު ދެއްވާފައެވެ.

މީގެއިތުރުން ޑރ.ޝަހީމަށް ރުހުންދޭން ފެންނަ ކަމަށް 30 މެމްބަރަކު ވޯޓު ދެއްވިއިރު، ރުހުންދޭން ނުފެންނަ ކަމަށް 31 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އަދި ވަކިކޮޅަކަށް ވޯޓުނުދެއްވައި އަށް މެމްބަރަކުވެސް ތިއްބެވިއެވެ.

މަޖިލީހުގައި ވަޒީރުންނަށް ރުހުން ދިނުމަށް ނެގުނު ވޯޓުގައި 19 ވަޒީރަކަށް ރުހުން ދީފައިވާއިރު، ރުހުން ނުދޭން ނިންމާފައިވަނީ 2 ވަޒީރެއްގެ އިތުރުން އޭޖީއަށެވެ.

Leave a Reply

Your email address will not be published. Required fields are marked *