އާސާރީ ބިނާތަކުގެ އާބަތުރަ ފިލުވުން ކުރިއަށްދާގޮތް ސްޓެލްކޯގެ އެމްޑީ ބައްލަވަލައްވައިފި

image_750x_65e16a043ae00

ސްޓެލްކޯއިން ބަލަހައްޓާ އާސާރީ ބިނާތަކުގެ އާބަތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށްދާގޮތް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ބައްލަވަލައްވައިފިއެވެ.

މި ޒިޔާރަތުގައި ވަނީ މާލޭ ހުކުރު މިސްކިތާއި، މުންނާރާއި މެދުޒިޔާރަތުގައި ކުރިއަށްދާ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލްވައިލެއްވިއެވެ. އަދި ބޮޑުތަކުރުފާނުގެ ޒިޔާރަތަށް ވަޑައިގެން އެތަން ވެސް ވަނީ ބައްލަވާލައްވަވާފައެވެ.

ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ އެކުންފުނިން ކޮށްދެވޭނެ މިފަދަ އެހެން މަސައްކަތެއް ވެސް ހުރިތޯ މިނިސްޓްރީއާ ގުޅިގެން ބައްލަވަމުން ގެންދަވާ ކަމަށާއި، މީގެ އެންމެބޮޑު ބޭނުމަކީ އަންނަންއޮތް ޖީލުތަކަށް މިތަރިކަތައް ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނެގޮތެއް ދައުލަތުގެ ކަމާބެހޭ ވުޒާރާތަކާއި ގުޅިގެން ކުރުން ކަމަށެވެ.

މި ޒިޔާރަތުގައި ސްޓެލްކޯގެ އެމްޑީގެ އަރިހުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓާ އާދަމް ނަސީރު އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މާލޭގެ މުހިއްމު އާސާރުތަކެއްގެ އާބާތުރަފިލުވައި، މަރާމާތުކޮށް، އެތަންތަން ޒީނަތްތެރިކުރުމުގެ މަސައްކަތް ހަވާލުކުރައްވާފައިވަނީ ސްޓެލްކޯ އާއެވެ.

Leave a Reply

Your email address will not be published. Required fields are marked *