ސްޓެލްކޯއަށް އޭޝިއާގެ އިންޑަސްޓްރީ ޗެމްޕިއަންސްގެ އެވޯޑް، ދިވެހި ކުންފުންޏަކަށް ލިބުނު މިއީ ފުރަތަމަ ފަހަރު!

Stelco

އޭޝިއާ ސަރަޙައްދުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭފަދަ މަސައްކަތްތައް ކުރާ ކުންފުންޏަށް ދޭ އިންޑަސްޓްރީ ޗެމްޕިއަންސްގެ އެވޯޑް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ލިބިއްޖެއެވެ.

ސްޓެލްކޯއަށް ލިބިފައިވަނީ އޭޝިއާ ބައްރުގެ އެންމެ ޝަރަފުވެރި އެވޯޑުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެވޯޑެއް ކަމުގައިވާ ”އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2024 ”ގެ އިންޑަސްޓްރީ ޗެމްޕިއަންސްގެ އެވޯޑެވެ. މިއީ ދިވެހި ކުންފުންޏަކަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

މި އެވޯޑް މި އަހަރު 8 ކުންފުންޏަކަށް ލިބިފައިވެއެވެ. ސްޓެލްކޯގެ އިތުރުން މި އެވޯޑު ލިބިފައިވަނީ ފިލިޕީންސްގެ 4 ކުންފުންޏަކާއި ތައިލޭންޑުގެ ކުންފުންޏެއްގެ އިތުރުން ސިންގަޕޫރުގެ ކުންފުންޏަކާއި އަދި ވިއެޓްނާމްގެ ކުންފުންޏަކަށެވެ.

މެލޭޝިއާގެ މޯސް ގްރޫޕުން އިންތިޒާމްކޮށްގެން 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މިއެވޯޑް، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ސެމްސަންގް، އެއާ އޭޝިއާ، ޓާޓާ ގްރޫޕް، ޑީއެޗްއެލް، އަދި ކެސްޕާސްކީގެ އިތުރުން ނެސްލޭ ފަދަ ބޮޑެތި ކުންފުނިތަކުން މީގެ ކުރިން ވަނީ ޙާސިލްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *