ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރުކަމުގެ މަގާމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް ފުއާދު ތައުފީގް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާ ސަފީރު ކަމަށް ފުއާދުގެ ނަން މަޖިލީހަށް ފޮނުވާފައިވަނީ ނޮވެމްބަރު 25 ވަނަ ދުވަހު އެވެ. ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މި މައްސަލަ ދިރާސާ ކުރުމަށްފަހު ނިންމާފައިވަނީ ފުއާދަށް ރުހުން ދިނުމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުއާދުއަށް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ އިއްތިފާގުންނެވެ.
ފުއާދު ވަނީ އިލެކްޝަންސް ކޮމިޝަންގައި ދެ ދައުރު ފުރިހަމަ ކުރައްވާފަ އެވެ.
Post Views: 23